ކުށްމަދު އަމާން މުޖުތަމައެއް ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮފީސް އެވެއަރނަސް ޕްރޮގްރާމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ކުރިއަށް ގެންގޮސްފިއެވެ.
ސެޕްޓެންބަރ 4 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރޮކޮށްދެއްވީ ސްޕެޝަލިސްޓް ސަޕޯޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީހެޑް، އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދެވެ. މިރަސްމިއްޔާތުގައި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިންނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ސީ.އީ.އޯ، އިބްރާހީމް ޢަބްދުﷲ އާއި އެތަނުގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.
މިޕްރޮގްރާމްގައި، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކުރުމާއި، ލީޑަރޝިޕާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ .
މީގެއިތުރުން ސައިބަރ ސޭފްޓީއާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ރިވެތި އަދަބުތަކާއި، ގުޅިގެން މަސައްކަތްކުރުމާއި ދިމާވާ މައްސަލަތަކުުގައި ގޮތް ނިންމުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ޤާނޫނު ތަކާ ގުޅޭގޮތުން މަޢުލޫމާތުދީ އިންޑޯ ކްލާސްތަކާއި އައުޓްޑޯ ކްލާސްތައްް ކުރިއަށް ގެންގޮސްފައިވެއެވެ.