ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދަނީއެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަނީ ވ. އާއަލި، އަޙްމަދު މުފީދު (54އ) އާއި ސ. ހިތަދޫ / އަރާއިރު، ޝާހިދު ރަޝީދު (43އ) އާއި ޏ. ފުވައްމުލައް / މުބާޙުމަންޒިލް، އިބްރާހިމް ޢަލީ (56އ) އާއި ވ. ރާހި، މުޙައްމަދު ބާޤިރު (48އ) އެވެ.
އަޙްމަދު މުފީދު ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޝާހިދު ރަޝީދު ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އިބްރާހިމް ޢަލީ ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މުޙައްމަދު ބާޤިރު ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ވީމާ މިހަތަރު މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.