އައްޑޫ ސިޓީގެ ވެމްކޯ ޑްރައިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދީފި

ކިޔުމަށް ހޭދަވާނީ 52ސ
އައްޑޫ ސިޓީގެ ވެމްކޯ ޑްރައިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން  މައުލޫމާތުދީފި

އައްޑޫ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ޑްރައިވަރުން އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 

 ސެޕްޓެންބަރ މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިއަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރު ޤާނޫނާއި ޤަވާއިދުތަކާއި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި  އެކްސިޑެންޓްތައް ކުރިމަތިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަަމާއި ޑްރައިވަރުން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓެއް ހިނގުމުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދީފައިވެއެވެ.

އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 25 ޑްރައިވަރުން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނެވެ.

މިއަދު އޮންލައިން