ރިޟްވާން ހުޅުމާލެއިން ބޭރުކުރީ ކަންނެލި އޮޑިއެއްގަ!: ޑްރާފްޓް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރިޟްވާން ހުޅުމާލެއިން ބޭރުކުރީ ކަންނެލި އޮޑިއެއްގަ!: ޑްރާފްޓް

ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާން ހުޅުމާލެއިން ބޭރުކުރީ ކަންނެލި އޮޑިއެއްގައިކަން ރިޔާސީ ކޮމިޝަނުގެ ހޯދުންތަކުން އެނގިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްކެވި ވާހަކަފުޅުން: 

އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑަށް ދެ ޑްރާފްޓް ލިބިފައި އޮތްއިރުގައި، ފުރަތަމަ ޑްރާފްޓާއި، ދެވަނަ ޑްރާފްޓްގައި އެބަހުރި، މިއީ ތަޙުޤީޤު ކުރެވެމުންދާ ކަމަކަށްވާތީ، އަންނަންޖެހޭ ބަދަލުތަކެއް. އެހެންވީމާ، ނުނިމި އޮތް ޑްރާފްޓެއްކަން ތިޔަބޭފުޅުން ގަބޫލުކުރައްވާށޭ. 

މިސާލަކަށް، އަޅުގަނޑު އެއްކަމެއް ދަންނަވާނަން. ފުރަތަމަ ޑްރާފްޓްގައި، ރިޟްވާނަށް ވީގޮތް ލިޔަމުން އައިސް، އޮތީ ރަތް ކާރަކަށް ލައިގެން އައިސް، ލޯންޗަކަށް ލައިގެން ދެން އެ ވީކަމެއް ވީކަމަށް. އެހެންނަމަވެސް، ދެވަނަ ޑްރާފްޓަށް އައިއިރުގައި، މިހާރު މިއޮތީ މުޅިން އެހެން ގޮތަކަށް ބަދަލުވެފައި. މިހާރު މިއޮތީ ކަންނެލި ދޯންޏަކަށް އެރުވި ވާހަކަ. އެހެންވީމާ، ތަޙުޤީޤު ކުރިއަށްދިޔަވަރަކަށް މީގައި އެބަ ފެނޭ، އަޑިއަށް ފީނީމާ ވަރަށް ބައިވަރު ކަންތައްތައް. 

އެހެންވީމާ، މިއީ ވަރަށް ވިސްނުންތެރިކަމާއެކުގައި ކުރަންޖެހޭ ކަމަކަށްވާތީ، މިހާތަނަށް ލަސްވެގެން މިދަނީ. އެހެންނަމަވެސް، ދާދި އަވަހަށް މި ރިޕޯޓް ފައިނަލްވެ، އަދި ރިޕޯޓް ތަޙުޤީޤު ކުރެވެމުންދާއިރުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަމުން، އަޅުގަނޑު ބައެއް ސުވާލުތަކަށް ތިޔަބޭފުޅުންނަށް ފުރްޞަތު ހުޅުވާލަން

މިއަދު އޮންލައިން