މިއަހަރުގެ ބޮޑު ޗުއްޓީ ގައި ހިތާނަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އެ ފުރުސަތު ހުޅުވާލައިފިއެވެ.
އައިޖީއެމްއެޗް އިން ބުނެފައިވަނީ އެހެން އަހަރުތަކާ އެއް ގޮތަށް މިއަހަރު ވެސް ހިތާނަ ކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި މިމަހުގެ 15 އިން 30 އަށް ހިތާނަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ނަން ނޯޓުކޮށްފައިވާ ތަރުތީބުން ދުވާލަކަށް 15 ޖާގަ ދޫކުރެވޭނެ ކަމަށާއި ނަން ނޯޓު ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ދަރުމަންތަ ކޮމްޕްލެކްސްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ، ސާޖަރީ ކައުންޓަރުން ހެނދުނު 08:00 އާއި ހަވީރު 04:00 އާ ދެމެދު ލިބިވަޑައިގަންނަވާނެކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. ސާޖަރީ ކައުންޓަރަށް ގުޅޭނެ ނަމްބަރަކީ 3335300 އެވެ.
އައިޖީއެމްއެޗުން ހިތާނަ ކޮށްދޭނީ އަންނަ ނޮވެމްބަރު މަހުގެ 21 އިން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.