އިއްޔެ އާ މިއަދުވެސް ޝަޚްސް އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅެފި!

ކިޔުމަށް ހޭދަވާނީ 52ސ
އިއްޔެ އާ މިއަދުވެސް ޝަޚްސް އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅެފި!

ވައްތަރު މީހެއްގެ ޕާސްޕޯޓް ހިފައިގެން ޝަޚުޞު އޮޅުވާލައިގެން ރާއްޖެއެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް އަތުލައިގެންފިއެވެ. މީގެކުރިން މިމަހުގެ އަށްވަނަ ދުވަހުވެސް ވަނީ ޝަޚުޞު އޮޅުވާލައިގެން ރާއްޖެއެތެރެވާން އުޅުނު މީހަކު ހިފަހައްޓާފައެވެ. 

އިމިގްރޭޝަނުން މިފަހަރުވެސް ހިފަހައްޓާފައިވަނީ ފިރިހެނެކެވެ. އަދި އިމިގްރޭޝަނުން ވަނީ އެމީހާގެ ފޮޓޯއާއި ވަގު ޕާސްޕޯޓުވެސް ޢާންމުކޮށްފައެވެ. އެހެންނަމަވެސް އެމީހާގެ އުމުރާއި ޤައުމު އަދި އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ޢާންމުކުރައްވާފައެއް ނުވެއެވެ. 

ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ސިސްޓަމްތައް ވަރުގަދަކުރުމުގެ މަސައްކަތް އިމިގްރޭޝަނާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީންވަނީ ދާދިފަހުންވެސް ކުރައްވާފައެވެ. އެގޮތުން ސިސްޓަމްތަކަށް ގެނައި އަޕްޑޭޓްތަކާއެކު ރާއްޖޭގެ ވައިގެ ބަނދަރުތަކާއި ހުރިހާ ސީ ޕޯޓްތަކެއްގެ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީންވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން