އއ. އަތޮޅުގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓުގެ މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ ކޮރެއާ ގެ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު ތިނެއް ޖަހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.