ޑރ. މަރިޔަމް ޖަބީން ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖައްސައިފިއެވެ.
މިކަމާގުޅިގެން އޭނާއަށް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.
ޑރ.ޖަބީން ވަނީ މީގެކުރިން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ޑރ.ޖަބީން ޕީއެޗްޑީ ހާސިލް ކުރެއްވީ އިންސާނީ ހައްގުތަކާބެހޭ ދާއިރާއިންނެވެ.