އޭސީސީގެ ރައީސްކަމަށް ޝިއުނާ އަދި ނާއިބު ރައީސްކަމަށް އަނޫލާ އައްޔަން ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
އޭސީސީގެ ރައީސްކަމަށް ޝިއުނާ އަދި ނާއިބު ރައީސްކަމަށް އަނޫލާ އައްޔަން ކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމަށް ޝިއުނާ އަދި ނާއިބު ރައީސްކަމަށް އަނޫލާ މިއަދު އައްޔަން ކޮށްފިއެވެ.

އޭސީސީގެ ރައީސް ކަމަށް އައްޔަންކުރި ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ޝިއުނާ އަންނަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ނާއިބު ރައީސްކަމަށް އައްޔަންކުރި އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ.

މި ދެބޭފުޅުން އެ މަގާމުތަކަށް އޭސީސީން އައްޔަން ކޮށްފައި މިވަނީ އޭސީސީއަށް މި ދެ ބޭފުޅުންގެ އިތުރުން އިތުރު ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވާފައި ވަނިކޮށެވެ. 

މިއަދު އޮންލައިން