ދެ މޮބައިލް ފޯނެއްގެ ވެރިފަރާތް ހޯދަނީ

ކިޔުމަށް ހޭދަވާނީ 38ސ
ދެ މޮބައިލް ފޯނެއްގެ ވެރިފަރާތް ހޯދަނީ

 ދެ ފޯނެއްގެ ވެރިފަރާތް ހޯދަނީ އެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ބަލައިފާސްކުރި ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ މޮބައިލް ފޯނުގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ.

މި ދެފޯނަކީ ފޭރުމާއި ވައްކަމުގެ މައްސަލައަކާ ގުޅިގެން 2019 ޖުލައި 17 ވަނަ ދުވަހު ފުލުހުން ބަލައިފާސްކުރި ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ފޯނެވެ.

މި ދެފޯނު ގެއްލިގެން އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައެއްނުވެއެވެ.

މި ފޯނުތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅާއި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ފޯނުތަކާ ހަވާލުވެލެއްވުން އެދެއެވެ.

 

މިއަދު އޮންލައިން