ބަންދުކުރަން ޖެހޭ ހުރިހާ ކުށްވެރިންވެސް އިންޞާފުގެ ތެރެއިން ބަންދުކުރާނަން: ޝައިޚް އިމްރާން ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބަންދުކުރަން ޖެހޭ ހުރިހާ ކުށްވެރިންވެސް އިންޞާފުގެ ތެރެއިން ބަންދުކުރާނަން: ޝައިޚް އިމްރާން ޢަބްދުﷲ

ބަންދުކުރަން ޖެހޭ ހުރިހާ ކުށްވެރިން ވެސް އިންޞާފުގެ ތެރެއިން ބަންދުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ "ކުށް ކުރި މީހާ އާއިމެދު ވެސް އަޅުގަނޑުމެން ޢަމަލުކުރާނީ އިންޞާފުވެރިކޮށް ކަމަށް" އެއީ އަބަދުވެސް ޤަބޫލުފުޅު ކުރައްވާ އުޞޫލު ކަމަށާއި އެ އުޞޫލު އަބަދުވެސް ހިފަހައްޓަވާނެ ކަމަށެވެ. އަދި އެއްވެސް މީހަކާއިމެދު ޢަމަލުކުރެއްވުމުގައި އެ އުޞޫލް ހަނދުމަފުޅު ނެތިކޮށް ނުލައްވަވާނެ ކަމަށެވެ.

ޝައިޚް އިމްރާން މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ނޫސްވެރިޔާ ރިޟްވާނުގެ މައްސަލައިގައި ހިމެނޭ ބައަކު ކަމަށް ރިޔާސީ ކޮމިޝަނުން ބަޔާންކުރާ ބައަކު ހައްޔަރު ކުރުން ލަސްވެގެން ބައަކު ފުލުހުންނަށް ފާޑުކިޔަމުން ގެންދާ ވަގުތެއްގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވިދާޅުވީ އެމީހުން ބަންދުކުރުމާއިމެދު ކަމާއި ގުޅުންހުރި އިދާރާތަކުން މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި ބަންދުކުރަން ޖެހޭ މީހުން ބަންދުކުރާނެ ކަމަށެވެ.

މިއަދު އޮންލައިން