ހާބަރު ފުޑްކޯޓުގެ 2 ޔުނިޓެއް ކުއްޔަށް ދޭން އިއުލާންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ހާބަރު ފުޑްކޯޓުގެ 2 ޔުނިޓެއް ކުއްޔަށް ދޭން އިއުލާންކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލެ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން ހިދުމަތް ދެމުން ނުދާ ދެ ޔުނިޓެއް ކުށްޔަށްދޭން އިއުލާންކޮށްފިއެވެ.

މިކަމާގުޅިގެން އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުށްޔަށް ދޫކުރުމަށް ނިންމާފައި ވަނީ އިއްޒުއްދީން މަގަށްވާ ފަޅިން ޔުނިޓް 20 އާއި 26 ކަމަށާއި މި ދެ ޔުނިޓަށް ބިޑު ކުރުމުން ސެޕްޓެމްބަރު 18 އާ ހަމައަށް އޮންނާނެ ކަމަށެވެ.

53 ރުފިޔާގެ މަގުން ކުއްޔަށް ދޭން ނިންމާފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ކުއްޔަށްދޭން އިއުލާންކުރި ދެތަނަކީ ވެސް 960 އަކަފޫޓުގެ ދެ ދަތެނެވެ. 

ބިޑް ކާމިޔާބު ކުރާތާ ހަފްތާއެއް ތެރޭގައި އެކަން އެންގުމުން، ތިން މަހުގެ ސެކިއުރިޓީ ޑިޕޮސިޓު ދައްކަން ޖެހޭނެ ކަމަށް އެސްޓީއޯ އިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.  

 

މިއަދު އޮންލައިން