މަޝްހޫރު ދިނީ ޢިލްމުވެރިޔާ، އުނގޫފާރު ދާއިރާގެ އެއިރުގެ މެންބަރު، އެއިރު މަޖިލީހުގައި ހުންނެވި ހަމަ އެކަނި ދީނީ ޢިލްމުވެރިޔާ، ޤާނޫނުލްޢުޤޫބާތުގައި އިސްލާމް ދީނުގެ ޙުކުމްތައް ހިމަނަން ވަކާލާތު ކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓް ނުކުންނައިރު އެކަން ކުރި ބޭރު މީހާގެ މައުލޫމާތު ހިމެނޭނެ ކަމަށް ގިނަ ބައަކު އުންމީދުކުރެއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ބޭރު ޤައުމަކުން އައި މީހެއްކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ވަރަށް ކުރިންސުރެ ހާމަކުރައްވަމުންނެވެ. އެހެންކަމުން ރިޔާސީ ކޮމިޝަނުން ނެރޭ ރިޕޯޓުގައި އެބައިތަށް ހިމެނޭނެ ކަމަށް އުންމީދު ކުރެވެނީއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެކަމުގެ މައުލޫމާތު ލިބިވަޑައިގަތީ މީހެއްގެ ކިބައިން ކަމަށެވެ. އެހެންކަމުން އެމީހާ ހޯދައި މައުލޫމާތު އޮޅުންފިލުވުމުގެ ހުރިހާ ބާރެއް ރިޔާސީ ކޮމިޝަނަށް މިހާރު ވަނީ ލިބިދީފައެވެ.
ހުމާމް އަކީ އެކަމުގައި ބައިވެރިވި މީހެއް ކަމަށްވާނަމަ އޭނާ އެކަން ކުރަން މެދުވެރިވި ސަބަބު އެނގުމަކީ ކޮންމެހެން ބޭނުންވާ އެއް ކަންތަކެވެ. އެހެނީ މީހަކު މަރާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމަށްވާތީއެވެ.
އެމރިކާގެ ކޯޓަކަށް ދާދި ފަހުން ހުށަހެޅުނު މައްސަލަ އެއްގައި ސީއައިއޭގެ ރިޕޯޓުގައި އެ ތަފްޞީލުތައް ނެތުމުން ރިޕޯޓް ވަނީ ބަލައިނުގެންފައެވެ. އަދި އޭނާގެ މައްޗަށް ޙުކުމް އިއްވީވެސް އެ ރިޕޯޓަށް ބެލުމެއް ނެތިއެވެ.
މިއީ އޭރުގައި ރައީސް ނަޝީދު ދެއްކެވި ވާހަކައެއް . ދެން ކީއްވެގެންބާ އަދިވެސް ހުސެން ހުމާމް އިނީ ޖަލުގައި ބައިންދާފައި https://t.co/iebPlQJPsR
— Hussain Saeed (@Saeed22Hussain) September 10, 2019