މިއަހަރުގެ 'ޑިމޮކްރަސީ ރަން" މި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ދުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. އަދި ދުވުން ފަށާނީ ހެނދުނު 06:30 ގައި ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް އީސީ އިން އަންނަނީ މި ދުވުްނ ބާއްވަމުންނެވެ. އަދި 2017 ވަނަ އަހަރު މި ދުވުން ބާއްވާފައިވަނި ކ. ހުރާގައެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.