ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ގޭގެ އާއި މީހުން ބަލާ ފާސް ކުރުމަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގެ ދަށުން ހުޅުމާލޭގެ ފުލެޓަކަށް ފުލުހުން ވަދެ ބަލާފާސް ކުރަންފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުމާލޭއިން ފުލުހުން ބަލާފާސްކުރަނީ 127 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެކެވެ.
މި އޮޕަރޭޝަންގައި މާލޭގެ 4 ތަނެފުލުހުން ވަނީ ބަލާފާސްކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ރިލްވާންގެ މަރާ ބެހޭ ގޮތުން ކޮމިޝަނުން ނެރެފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މީހުންނާ ގުޅުން ހުރި ގޭގެ
އެހެންނަމަވެސް މި އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.