ދީނަށް ފުރައްސާރަ ކުރި މީހާގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި!

ކިޔުމަށް ހޭދަވާނީ 44ސ
ދީނަށް ފުރައްސާރަ ކުރި މީހާގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި!

ދީނަށް ފުރައްސާރަ ކޮށްގެން ގދ. ތިނަދޫއިން އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދީނަށް ފުރައްސާރަ ކުރިކަމުގެ ކުށުގައި ތިނަދޫއިން ހައްޔަރު ކޮށްފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެއީ ރުސްތަމް ކިޔާ މީހެކެވެ. އަދި އޭނާވަނީ މީސްމީޑިއާގައި މީގެކުރިން ވެސް ދީނާއިދެކޮޅު ވާހަކަތަކެއް ފަތުރާފައެވެ.

ރުސްތަމްގެ ޓްވިޓާ އެކައުންޓުގައި އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު، ތިނަދޫ މަގުމަތީގައި ލާދީނީ ވާހަކަ ފެތުރިކަމަށް އިއުތިރަފްވެފައެވެ.

ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި ދީނަށް ފުރައްސާރަކުރި އެމީހާ އެރަށަށް ދިރިއުޅުން ބަދަލުކުރީ ވަރަށް ފަހުންނެވެ. މާލޭގައި ދިރިއުޅުނު އެމީހާ އެރަށަށް ބަދަލުވީ ދީނަށް ފުރައްސާރަކޮށް އުޅޭތީ ލިބޭ އިންޒާރުތަކާއި ގުޅިގެން ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެމުންދާކަމަށް ވެސް ކައުންސިލު މެމްބަރު ވިދާޅުވިއެވެ.

މިއަދު އޮންލައިން