އަވަސް ރައިޑްގެ ޑްރައިވަރު އާދަމް ސާމީއަށް ތަޢްރީފްކޮށްފިއެވެ.
ފަންގ ފަންގ ކިޔާ ބިދޭސީ އަންހެނަކު ބުނީ ޓެކްސީގެ ފަހަތު ސީޓުގައި ބެހެއްޓުނު ލަގެޖު ޑްރަވަރަށް ގުޅުމުން ވަގުތުން ގެންގޮސްދިން ކަމަށާއި އެކަމަށް އެއްވެސް އަގެއްވެސް ނުނަގާ ކަމަށެވެ.

"އަހަރެން މާލެ ދެކެ ލޯބިވަނީ މިހެންވެ. ޝުކުރިއްޔާ އާދަމް ސާމީ!" ފަންގ ފަންގ ބުނެފައިވެއެވެ.
ޓެކްސީ ދުއްވާ މީހުންނަކީ މިފަދަ ރީތި ނަން ރާއްޖެ އަށް ހޯދައިދެވިދާނެ ބައެއްކަން މިއަދުނޫހުން ވާނީ ކުރިންވެސް ފާހަގަކޮށްފައެވެ. ހިތާމައަކީ މަދު ޑްރައިވަރުންގެ އަމަލުތައް ހުންނަ ގޮތުން ރާއްޖެ ބަދުނާމުވަމުންދާކަމެވެ.