މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކުމަށް 28 ޖުލައި 2019 ގައި ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އިސްލާމިކް ބޭންކުން ބުނެފައިވަނީ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރު ކުރީ ސަބްސްކްރިޕްޝަން އަށް ހުޅުވާލާ މުއްދަތަކީ 35 ރަސްމީ ދުވަސް ކަމަށް ކަނޑައަޅާފައިވާ އިރު، އެ މުއްދަތުގައި ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ދެ ދުވަސް އިތުރު ކުރުމުންކަމަށެވެ.
އިސްލާމިކް ބޭންކުން ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ އެވެ.
އެމްއައިބީގެ ހިއްސާ ގަތުމުގެ އެންމެ ފަހު ތާރޫހަކީ މިމަހުގެ 22 ވަނަ ދުވަހެވެ.