ސްވެނިއަރ މެރިން ޕްރައިވެޓް ލިމިޓެޑުގެ ދަށުން ތިލަފުށީގައި ހިންގާ ބޯޓު ޔާޑު "ދިމާވަޑި" ގެ ފުރަތަމަ ސްޕީޑް ބޯޓް "ސްކެޑް 39" ބަނދެ އިންޖީނު އެޅުމަށްފަހު މިއަދު މޫދަށް ބާލައިފިއެވެ.
މިބޯޓަކީ 100 ޕަސެންޓް ދިވެހި މޮޑެލްއެކެވެ. މިބޯޓުގެ ހުރިހާ މަސައްކަތެއް ރާއްޖޭގައި ކޮށްފައިވާއިރު މިބޯޓު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުތަކަށް ފަހި ލޯންޗެއްގެ ގޮތުގައެވެ. މިބްރޭންޑްގެ ލޯންޗްތައް ދިވާޑިއިން ބަންނަނީ، ލޯންޗް ގަންނަ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައެވެ.
ބޯޓުގެ ޑިޒައިނަކީ ސްވެނިއާމެރިން ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ޑިސައިނަކެވެ. 'ސްކެޑް" މަރުކާގެ މިބޯޓަކީ 39 ފޫޓު ދިގު 31 މީހުންގެ ޖާގައިގެ ލޯންޗަކެވެ. މީގައި ހަރުކުރެވިފައިވާނީ ޕަސެންޖަރ ގޮނޑިތަކަކީ އެޖަސްޓްބްލް ގޮޑިތަކެވެ.
ދިވާޑިގެ ފަރާތުން މިބްރޭންޑްގެ 41 ފޫޓު، 35 މީހުންގެ ޖާގައިގެ ލޯންޗެއް މިމަހު ފަހުކޮޅު ބޭލުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަދި މުސްތަގުބަލުގައި 49 ފޫޓުގެ 50 މީހުންގެ ޖާގައިގެ ލޯންޗްވެސް ބެނުމަށް ދިމާވަޑި އަންނަނީ ތައްޔާރުވަމުންނެވެ.
ސުވެނިއާ މެރިން ޕްރައިވެޓް ލިމިޓެގެ މި އުފެއްދުންތައް ރާއްޖޭގައި އުފެއްދުމަށް ސަރުކާރުގެ ކަމާއި ބެހޭ އެންމެހާ އިދާރަތަކުން ވެދެއްވި އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް ޓްރާންސްޕޯޓް އޮތޯރިޓީގެ ފުރިހަމަ އެއްބާރުލުން ލިބުނުކަން އެކުންފުނިން ފާހަގަކުރެއެވެ.