މަގުތަކުގެ އީއައިއޭ ހަދާނެ ބަޔަކު ހޯދަން ނޮޅިވަރަމް ކައުންސިލުން އިއުލާނުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
މަގުތަކުގެ އީއައިއޭ ހަދާނެ ބަޔަކު ހޯދަން ނޮޅިވަރަމް ކައުންސިލުން އިއުލާނުކޮށްފި

ހދ. ނޮޅިވަރަމުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ނޮޅިވަރަމުން ކައުންސިލުން އިއުލާނުކޮށްފިއެވެ.

ނޮޅިވަރަމުން ކައުންސިލުން ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު މިމަހުގެ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މައުލޫމާތު ސާފުކުރުމަށް ކައުންސިލު އިދާރާއަށް ހާޒިރު ނުވާ މީހުންގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅާ ސިޓީ އުރަ ކަނޑާނީ އެމީހުންގެ ހާޒިރުގައި ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން