ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ޕޯޓެއް ހެދުމުގެ ކޮންސެލްޓެންސީގެ މަސައްކަތަށް ބަޔަކާ ހަވަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވްލޮޕްމަންޓަށް ކޮންސެލްޓެންސީ ދިނުމަށް ހަވާލު ކޮށްފައިވަނީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ހަރަކާތްތެރިވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އެވެ.
މި ސަރުކާރުން ވަނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ފެށުމުގެ ގޮތުން، މާސްޓާ ޕްލޭން ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމެންޓްރީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދަން މީގެ ކުރިން އެތަށް ފަަހަރު އިއުލާނު ކޮށްފައެވެ.
މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލާނެ ކަމަށާއި އެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަހުގައި ފެށިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.