ސިންގަޕޫރު ކޮޕީ ނުކޮށް ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ!: ޢުމަރު ނަޞީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސިންގަޕޫރު ކޮޕީ ނުކޮށް ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ!: ޢުމަރު ނަޞީރު

ސިންގަޕޫރު ކޮޕީ ނުކޮށް ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޢުމަރު ނަބީރު މިއަދު ވިދާޅުވީ ޑްރަގުގެ މައްސަލަތައް އެންމެ ކާމިޔާބުކޮށްފައިވަނީ ސިންގަޕޫރުން ކަމަށާއި ސިންގަޕޫރުގެ މޮޑެލް ކޮޕީކުރަން ޖެހޭ ކަމަށެވެ. "ސިންގަޕޫރުގަ ފަރުވާދެނީ ޖަލުތަކުގަ. އެއީ ކުށްވެރިން ކަމަށް ބަލައިގެން. ދޭ ފަރުވާއަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ދީނާ ގާތްކުރުވުން. އެތެރެކުރީމާ ދެނީ މަރުގެ އަދަބު. މިއީ ހަމަ އިސްލާމް ދީނުގައިވެސް މިކަން އޮތް ގޮތް!"  

މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތްކުރެވޭނީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓައިގެން ކަމަށް ޢުމަރު ނަޞީރު ވިދާޅުވީ ޑްރަގުގެ މައްސަލއިގައި އެމެރިކާގައި މިހާރު އެވްރެޖްކޮށް ދުވާލަކު 126 މީހުން މަރުވަމުންދާ ކަމަށާއި އެމެރިކާ އެއޮތީ ގޮތް ހުސްވެފައި ކަމަށެވެ. ނަމަވެސް

 

ޢުމަރު ވިދާޅުވީ ރިހެބްތަކަށާއި ޖަލުތަކަށް މީހުން އަލައި ފުރިދާނެ ކަމަށާއި ނަމަވެސް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދީ އެކަން ނުހުއްޓުވޭނެ ކަމަށެވެ. ފިލިޕިންސްގައި ވަގުތުން މަރަމުން އެގެންދަނީ އެނޫން ގޮތަކަށް މައްސަލަ ަހއްލުކުރެވެން ނެތިގެން ކަމަށެވެ.

 

ޢުމަރު ނަޞީރު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ: "މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތްކުރެވޭނީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓައިގެންނެވެ. މިއީ ރިސާޗްތަކުން މިހާރު އެނގި ސާބިތުވެފައި އޮތް ކަމެކެވެ. ހުޅަނގުން ބޭނުން ކުރަމުން ގެންދިއަ ފަރުވާތަކަކީ އަގު ބޮޑު، ދެމެހެއްޓެނިވި އެއްޗެއް ނޫންކަން މިހާރުވަނީ ސާބިތުވެފައެވެ.  އިސްލާމް ދީނާއި ކައިރިއަށް ދިވެހިން ޖެހިގެން މެނުވީ މިފަދަ ބޮޑެތި މައްސަލަތަކަށް ޙައްލެއް ނެތް" ކަމަށެވެ.

 

ޢުމަރު ނަޞީރު މިމޭރުމުން ވިދާޅުވި ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިހާރުވެސް އިވެމުންދަނީ ޑްރަގް ހުއްޓުވުމަށްތަކައި މަރުޖުއާނާ، ހޭޝް އޮއިލް ފަދަ ތަކެތި ރާއްޖޭގައި ހުއްދަ ކުރުމުގެ ވާހަކަތަކެވެ

މިއަދު އޮންލައިން