ރައީސް ނަޝީދަށް: ތިއަ ވިދާޅުވަނީ ހެދުން އަޅައި އަޅުކަން ކުރަން ޤުރްއާނުގަ އޮތް ގޮތް އެނގުމުން ވެސް އަމަލު ނުކުރަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރައީސް ނަޝީދަށް: ތިއަ ވިދާޅުވަނީ ހެދުން އަޅައި އަޅުކަން ކުރަން ޤުރްއާނުގަ އޮތް ގޮތް އެނގުމުން ވެސް އަމަލު ނުކުރަންތޯ؟

ރައީސް މުޙައްމަދު ނަޝީދު، ރާއްޖެ ފާއިތުވި 20،30 އަހަރު ދުވަހުގެ ތެރޭގައި ބަދަލުވެފައިވާ ކަމަށް ވިދާޅުވެ ތިއަ ގޮވައިލެއްވެވީ ކީރިތި ޤުރްއާނުގައި އޮތް ގޮތް އެނގުމުން ވެސް އެގޮތަށް އަމަލު ނުކުރަންތޯއެވެ؟ ޒަމާނުންސުރެ ޤުނޫތު ކިޔަމުން އައީތީ އަދިވެސް ޤުނޫތު ކިޔަންތޯއެވެ؟ މާމަ ހަވީރަށް ބުރުގާ އެޅުއްވީތީ ހަވީރު ބުރުގާ އެޅުމުން ކީރިތި ޤުރްއާނުގައި އޮތް ގޮތަށް އަޢުރަ ނިވާކުރިކަމަށް ވާނެ ކަމަށްތޯއެވެ؟ 

މުންޑެއް އަނދެ ގަމީހެއް ނުލައި ކުރިން ތިބީތީ މަނިކުފާނު ފަޓުލޫނު ތުރުކުރައްވައި ޓައީ އަލުއްވައިގެން ތިއަ ހުންނެވީ ކުރިން ދިވެހިން އުޅުނު ގޮތަށް އުޅުއްވަންތޯއެވެ؟ 

"މިދައްކަނީ" އިސްލާމް ދީނުގެ ވާހަކަތައް ނޫން ކަމަށް ވިދާޅުވެ ތިއަ ދެއްކެވީ ކޮން ދީނެއްގެ ވާހަކަތޯއެވެ؟ އިސްލާމް ދީނާއި ﷲ ތަޢާލާއަށް އަޅުކަންކުރުން ގުޅިފައިވަނީ ޤަބުރުސްތާނުތަކާއިތޯއެވެ؟ ނޫނީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތާއިތޯއެވެ؟ 

ޤިބުލަ ނުއެނގޭއިރު ހުކުރު މިސްކިތް ޤިބުލައަށް ނުވާ ގޮތަށް ބިނާކޮށްފައިވާތީ އަލުން މިސްކިތްތައް އަލަން ޖެހޭނީ ހުކުރު މިސްކިތް ހުރި މިސްރާބަށްތޯއެވެ؟ 

- ރައީސް ނަޝީދުގެ ވާހަކަފުޅުން (ވީޑިއޯ):

 

މިއަދު އޮންލައިން