ޖަމާލުއްދީން ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެހީގެ ތަކެތި ހަދިޔާކޮށްފިއެވެ.
އެމްޕީއެލް 33 ވަނަ އަހަރީ ދުވަހު މުނާސަބަތާ ގުޅިގެން އެހީގެ ތަކެތި ހަދިޔާ ކުރީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޖަމާލުއްދީން ސްކޫލުން ހިންގާ "ހޯޕް" ކްލާހުގެ ދަރިވަނުންނަށެވެ.
ޖަމާލުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއޯއީ ޝާހިދު އަލީއެވެ.
މީގެއިތުރުން ޖަމާލުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކަށް ޝާހިދު ވަނީ ހާއްސަ ހަދިޔާއެއްވެސް ދެއްވައިފައެވެ.