ރައިސް ނަޝީދު ރޭ ޣިޔާސުއްދީން ސްކޫލުގައި ބުރުގާ އެޅުމާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށްފަހު ބުރުގާ އަކީ ވަބާއެއް ކަމަށް ބުނެ ބުރުގާ އެޅުމުން ރާއްޖެ ސަލާމަތްކުރަން ޖެހޭ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
ސްކޫލްތަކުގެ ދަރިވަރުންނާއި ސިވިލް ސަރވަންޓުން ބުރުގާއެޅުން މަނާކޮށްދިނުމަށް ވެސް ސޯޝަލް މީޑިއާގައި މިއަދު ވަނީ ގޮވާލައިފައެވެ.
ރައީސް ނަޝީދު ދައްކަވާ މިފަދަ ކޮންމެ ވާހަކަފުޅެއްގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެހެންކަމުން ގިނަ ބައަކު ގެންދަނީ ރައީސް ނަޝީދު ދައްކަވާ މިފަދަ ދީނީ ވާހަކަތަކާއިމެދު ތަފާތު ސުވާލުތައް އުފައްދަމުންނެވެ.