އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިންސާނީ ވަގުފާރި ކުރާ 24 ކުންފުންޏެއްގެ މައްސަލަ ބަލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިންސާނީ ވަގުފާރި ކުރާ 24 ކުންފުންޏެއްގެ މައްސަލަ ބަލަނީ!

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިންސާނީ ވަގުފާރި ކުރާ ކަމަށް ޝައްކު ކުރެވޭ 24 ކުންފުންޏެއްގެ މައްސަލަ ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މިކަމާބެހޭގޮތުން އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަ މުހައްމަދު ޝިފާން މިއަދު ވިދާޅުވީ އެ 24 ކުންފުނީގެ މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާނެ ކަމަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ކޯޑިނޭޓު ކުރަމުންދާ ކަމަށެވެ.

މި 24 ކުންފުނީގެ މައްސަލަތަކުގެ އިތުރުން ވެސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ މައްސަލަަތައް ބަލަން ރާވާފައި ހުރިކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.

އިންސާނީ ވަގުފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ ދެ ބިދޭސީއަކު މިދިޔަ ހަފްތާގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ޑިޕޯޓް ކޮށްފަ އެވެ. 

މިއަދު އޮންލައިން