މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކުރިން ހަވާލުކޮށްފައި ހުރި ކުންފުނިތަކުން ވަކިކުރުމުން މިސްކިތްތައް ބެލެހެއްޓުމުގެ ވަޒީފާގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހުން އެމީހުންގެ އަމިއްލަ މަސައްކަތަށް ނުކުމެއްޖެއެވެ. ކަންކަން ހިނގަމުން އަންނަ ޢާންމު އުޞޫލުންނަމަ އެމީހުންނަށް މިހާރު އެވަނީ އުމުރު ދުވަހު ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅުމުގެ ހުއްދަ އާއި މަސައްކަތްކުރުމުގެ ހުއްދަ ދެވިފައެވެ.
މީގެ ތެރެއިން ބައެއް މީހުން އުޅެނީ މަގުމަތީގައި ސައިކަލް ފޮހޭށެވެ. އަނެއް ބައަކު ގެންދަނީ އެދުވަހަކު ލިބުނު މަސައްކަތެއް ކުރަމުންނެވެ.
މީގެ 14 އަހަރު ކުރިން ރިޒޯޓެއް ހަދަން ގެނައި ބައަކު މަސައްކަތް ނިމުމުން ދޫކޮށްލުމުން މިހާރު ގެންދަނީ އަމިއްލަ ކާޕެންޓްރީ އާއި ގްރޫޕު ހަދައިގެން މަސައްކަތްކުރާ ކުންފުނިތައް ހިންގަމުންނެވެ.