ކަޝްމީރުގަ ފާރޫގު އަބްދުﷲ ހައްޔަރުކުރީ އެއްވެސް ތަހުގީޤެއް ޝަރީއަތެއް ނުކޮށް ދެ އަހަރަށް ޖަލަށްލުމުގެ ބާރު ލިބިދޭ ގާނޫނަކުން: އަހްމަދު ފާއިޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކަޝްމީރުގަ ފާރޫގު އަބްދުﷲ ހައްޔަރުކުރީ އެއްވެސް ތަހުގީޤެއް ޝަރީއަތެއް ނުކޮށް ދެ އަހަރަށް ޖަލަށްލުމުގެ ބާރު ލިބިދޭ ގާނޫނަކުން: އަހްމަދު ފާއިޒް

”ޖައްމު ކަޝްމީރުގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރު فاروق عبد اللہ ހައްޔަރު ކުރެވުނީ، އެއްވެސް ކަހަލަ ތަޙުޤީޤަކާއި، ޝަރީޢަތެއް ނުކޮށް ދެ އަހަރު ދުވަހަށް ޖަލަށްލުމުގެ ބާރު އެ ޤައުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ގޮތަށް ހަދާފައިވާ ޤާނޫނެއްގެ ދަށުންނެވެ.

އެޤާނޫނަކީ އެ ޤައުމުގެ ޤާނޫނު އަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޚިލާފު ޤާނޫނެކެވެ. ނަމަވެސް، އެޤާނޫނު ތަންފީޒު ކުރަމުން އެ ދަނީއެވެ. 

އިންޑިޔާ އަކީ ޑިމޮކްރަސީގައި ކުރިއަރާފައިވާ ޤައުމެއްކަމުގައި ވިއަސް، ތަހުޒީބު ޑިމޮކްރަސީއެއްނޫނެވެ. މިއަދު، އެމެރިކާ އަކީ ވެސް އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގައި ކުރީގައިއޮތް ޤައުމެކެވެ. 

އެފަދަ ޤައުމުތަކަކީ ކުރިއަރާފައިވާ ތަހުޒީބު މުޖުތަމަޢުތައް ކަމުގައި ބަލައިގެން އެމީހުންކަންކުރާގޮތަށް އަޅުގަނޑުމެންގެ ޤާނޫނުތައް ބައްޓަންކުރަންވީތޯއެވެ.؟"  

މިއީ އެމްޑީޕީ ސަރުކާރުން އެންމެ ތާއީއީދު ކުރި، ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓެކެވެ.

މިއަދު އޮންލައިން