ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި!

ކިޔުމަށް ހޭދަވާނީ 49ސ
ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި!

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވާ ބިދޭސީއަކު ވަނީ ހުއްޓުވާފައެވެ. ނަމަވެސް އޭނާއާއިބެހޭ އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އަންނަނީ ސަލާމަތީ ބާރުތަކާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެމަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ޝަޚްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 11 މީހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ. އަދި އެމުއައްސަސާއިން ދޫކޮށްފައިވާ ވޯކް ވިސާއާއި ޚިލާފުވެފައިވާ ދެ ބިދޭސީއަކު ދާދިފަހުން ވަނީ ރާއްޖެއިން ޑީޕޯޓު ވެސް ކޮށްލާފައެވެ.

މިއަދު އޮންލައިން