ހޭންޑް ފުޓް އެންޑް މައުތް ބަލި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން، ރައްކާތެރިވަމާތޯ!

ކިޔުމަށް ހޭދަވާނީ 1މ 10ސ
ހޭންޑް ފުޓް އެންޑް މައުތް ބަލި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން، ރައްކާތެރިވަމާތޯ!

ވައިރަސްއަކުން ޖެހޭ ހޭންޑް ފުޓް އެންޑް މައުތް ބަލި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށާއި، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިބައްޔާމެދު ވާހަކަ ދައްކަވަމުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވީ، އެ ބަލި ވަރަށް ބާރަށް ދަނީ ފެތުރެމުން ކަމަށާއި މިހާރު އެ ބަލި ފެންނަމުންދާތާ ހަފްތާއެއް ވެދާނެ ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި އާންމުކޮށް 10 އަހަރުން ދަށުގެ ކުދިންނަށް ޖެހޭ އެ ބަލި ފެންނަން ފަށަނީ ތަފާތު ކޮށެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް އެ ބަލިު ޖެހުމުގެ ފުރުސަތު އޮވެއެވެ.

އެގޮތުން އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށާއި ކުދިން ކުޅޭ އެއްޗެހިތައް، ދޮރުގެ އަތްގަނޑުތައް ކަހަލަ ގިނައިން އަތް ޖެހޭ ތަންތަން ރަނގަޅަށް ސާފު ކުރުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުން، ކާހިތް ނުވުން، ކަރުތެރެ ފާރުވުން، އަތްތިލަ އާއި ފައި ތިލާގައި ރަތް ކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވެގެން ދިއުން އަދި ވަރު ދެރަވުން ހިމެނެއެވެ.

މިބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިން ދުވަހާއި ހަތް ދުވަސް ތެރޭގައި އަލާމާތްތައް ފެންނަން ފަށައެވެ.

މިއަދު އޮންލައިން