ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދައި ފައިސާ ދީގެން ޕާކު ކުރެވޭނެ އިންތިޒާމު މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މާލެ ސިޓީ ކައުންސިލް މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިސަރަހައްދުގައި ޕާކު ކުރުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު މާދަމާއިން ފެށިގެން ސިޓީ ކައުންސިލުން ދޫކުރާނެ ކަމަށެވެ. އަދި އޮކްޓޫބަރ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި ޕާކިން ޒޯނުގެ އަގުތައްބަލާއިރު ކާރު، ވޭން، ޕިކަޕަށް މަހު ފީ އަކަށް ނަގަނީ 3،000 ރުފިޔާ އެވެ. 2000-500 ކިލޯ ގްރާމްގެ ޕިކަޕް މަހު ފީ އަކަށް ނަގަނީ 3،500 ރުފިޔާއެވެ. އަދި 5000-2000 ކިލޯ ގްރާމްގެ ޕިކަޕަށް މަހު ފީ އަކަށް ނަގަނީ 4،000 ރުފިޔާއެވެ. މީގެއިތުރުން ސައިކަލަށް މަހު ފީ އަކަށް ނަގަނީ 600 ރުފިޔާއެވެ.
ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ މ. ދަންޑަހެލުގޭ ބިމުގައި ހަދާފައިވާ މި ޕާކިން ޒޯންގައި 40 ވެހިކަލް ޕާކުކުރެވޭނެއެވެ.