ގޯތި ދޫކުރުން މަޑު ޖައްސާލުމާ ގުޅިގެން އޮމަދޫ ރައްޔިތުން އެރަށު ކައުންސިލް އިދާރާ ބަންދުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ގޯތި ދޫކުރުން މަޑު ޖައްސާލުމާ ގުޅިގެން އޮމަދޫ ރައްޔިތުން އެރަށު ކައުންސިލް އިދާރާ ބަންދުކޮށްފި!

ޕްލޭނިން މިނިސްޓްރީން އެދުގެން ގޯތި ދޫކުރުން މަޑު ޖައްސާލުމާ ގުޅިގެން އޮމަދޫ ރައްޔިތުން ނުރުހުންފާޅުކޮށް އެރަށު ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.

 އޮމަދޫއިން ގޯތި ދޫކުރުން މަޑު ޖައްސާލިނަމަވެސް މީގެކުރިން ޕްލޭނިން މިނިސްޓްރީން ވަނީ އެ ރަށުގައި 103 ގޯތި ދޫކުރަން ހުއްދަ ދީފައެވެ. އެހެންނަމަވެސް ގޯތި ދޫކުރުން މަޑުޖައްސާލީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެ ރަށަށް ވަޑައިގެންނެވި ދުވަހު، އެ ރަށުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

އޮމަދޫ ކައުންސިލުން ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ ލިބުމަށް ފަހު ގޯތި ދޫކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައި ހުއްޓައި ޕްލޭނިން މިނިސްޓްރީގެ ޓީމެއް އެރަށަށް އަންނަން ދެން އަނެއްކާ ވެސް ގޯތި ދޫކުރުން މަޑުޖައްސާލުމަށް ބުނެ އެ މިނިސްޓްރީން ސިޓީ އެއް ފޮނުވި ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ހޯމަ ދުވަހު ފޮނުވި ސިޓީގައި ގޯތި ދޫކުރުން މެދުކަނޑާލަން އަންގާފައި ވަނީ އެކަމުގައި ރައްޔިތުންގެ ޝަކުވާތަކެއް ހުރުމުން ކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން މިނިސްޓްރީއަށް އެ މައްސަލާގައި ޕެޓިޝަނެއް ލިބިފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މިއަދު އޮންލައިން