ވިސާ ހެދުމަށް ސައްހަ ނޫން މެޑިކަލް ރިޕޯޓެއް ބޭނުންކުރި ބިދޭސީއަކު އަތުލައިގަނެފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ވިސާ ހެދުމަށް ސައްހަ ނޫން މެޑިކަލް ރިޕޯޓެއް ބޭނުންކުރި ބިދޭސީއަކު އަތުލައިގަނެފި!

ވިސާ ހެދުމަށް ސައްހަ ނޫން މެޑިކަލް ރިޕޯޓެއް ބޭނުންކުރި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އަތުލައިގަނެފިއެވެ.

މިމީހާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އިމިގްރޭޝަނުން ނުދެ އެވެ. އެހެންނަމަވެސް އިމިގްރޭޝަނުން ވަނީ އެމީހާގެ ފޮޓޯ އާއްމުކޮށްފައެވެ. 

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން ނެވެ. ދާދިފަހުން ވެސް ވަނީ މަނީލޯންޑާ ކުރުމާއި  އެ ނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު އަތުލައިގަނެ ވަގުތުން ޑީޕޯޓްކޮށްލާފައެވެ..

 

މިއަދު އޮންލައިން