ރޮށި ދެމުމުގެ މުބާރާތް: ރާއްޖޭގައިވެސް ބާއްވާލަން ހަމަ ރަނގަޅު މުބާރާތެއް ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރޮށި ދެމުމުގެ މުބާރާތް: ރާއްޖޭގައިވެސް ބާއްވާލަން ހަމަ ރަނގަޅު މުބާރާތެއް ނޫންތޯ؟

ޚަބަރުގައި އެވަނީ ރޮއިޓަރސް ނިޔުސް އެޖެންސީން ހާމަކޮށްފައިވާ އިންޑިއާގައި ބޭއްވި ރޮށި ދެމުމުގެ މުބާރާތެއްގެ ވީޑިއޯ ކްލިޕެކެވެ. ރިޕޯޓުގައި ބުނެފައިވަނީ ކޮންމެ ބައިވެރިއަކުވެސް 3 މިނިޓް ތެރޭގައި 8-9 ރޮށި ދެމިކަމަށެވެ.

ރާއްޖެއަށް ބެލި ނަމަވެސް ޕާން ގަތުމަށް ނުވަތަ ތައްޔާރީ ރޮށި ގަތުމަށް ކުރާ ހޭދަ މިދަނީ އިތުރުވަމުންނެވެ. ރޮށި ދެމުމަކީ ތަކްލީފަކަށް ހަދައި ކަންނެތްވާ އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ދިވެހި ހީވާގި ކަނބަލުންގެ މެދުގައި ރޮށި ދެމުމުގެ މިފަދަ މުބާރާތެއް ބޭއްވުން ކީއްތޯއެވެ؟ ހީވާގިކަމާއިއެކު ކޮންމެ ދުވަހަކު އެތައް ބައިވަރު ރޮށި ފިހޭ ކަނބަލުންނަށް އެކަނބަލުންގެ ހުނަރު ދައްކާލަން ލިބޭ ފުރުޞަތަކަށް ވެގެންދާނެއެވެ.

ރޮއިޓަރސް ފަދަ ބޮޑެތި ނިޔުސް އެޖެންސީތަކުން މި ޚަބަރު ހާމަކޮށްފައިވަނީ "ޓޮޕް ނިޔުސް"އެއްގެ ގޮތުގައެވެ. ހީވާގި، ހުނަރުވެރި ދިވެހި ކަނބަލުންގެ ހުނަރަށް ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުގެ ތަރްޙީބް ލިބުމުގެ ފުރުޞަތުވެސް ލިބުމަކީ ހަމަ ވަރަށް ގާތްކަމެކެވެ. ޔަޤީނުންވެސް ރޮށި ދެމުމުގައި ދިވެހި ކަނބަލުން އިންޑިއާ އަނހެނުންނަށް ދުލެއް ނުކުރާނެއެވެ.

މިއަދު އޮންލައިން