މިހާރު ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގެ އަލިފާން އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. ކޮންމެވެސް އެއްޗެއް ގޮވާއަޑު މިހާރުވެސް ދަނީ އިވެމުންނެވެ. އިތުރު ގެތަކުގެ ފުރާޅުގައި އަލިފާން ހިފަމުންދާ ކަމަށްވެސް ނުރަސްމީ ޚަބަރުތައް ބުނެއެވެ.
އަލިފާން ނިއްވަން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ގެންދާއިރު ފުލުހުންނާއި ސިފައިން ދަނީ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތްކުރަމުން ނެވެ.
ސިފައިންނާއި ފުލުހުން އަދި ޢާންމުން ވެސް ދަނީ އެސަރަހައްދުގެ ތަންތަނުގައި ހުރި ތަކެތި ދުރަށް ޖައްސަން މަސައްކަތްކުރަމުންނެވެ.
މިވަގު އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއްމާލު ނުކުރަން އިލްތިމާސްކުރަމުންދާއިރުވެސް ބައެއް މީހުން ދަނީ އެކަން ކުރަމުންނެވެ.
ގޮވައިގެން އުލެނީ ކެމިކަލް ތަކަކަށްވުމުން ދުމުގައި ކެމިކަލް އަސަރު ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ކުޅިބަލަން ދިއުން ރަނގަޅެއް ނޫނެވެ. އަދި ގެތަކުގެ ދޮރުތައް ލެއްޕުން ވަރަށް މުހިންމެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން އެމްއޭސީއެލްގެ ފަޔަރ އެންޑް ރެސްކިޔޫ ޓީމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.