މިހާރު ހިނގައިގެން އުޅޭ އަލިފާނުގެ ހާފިސާ އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ބޭނުން މީހުން ކަލާފާނު ސްކޫލަށް ގޮސް އެތަނުގައި ތިބި މީހުންނަށް އެހީތެރިވެދިނުމަށް އެދިއްޖެއެވެ.
ރިޕޯޓްތައް ލިބޭ ގޮތުން ކުޑަކުދިންނާއި މުސްކުޅިންވެސް ކަލާފާނުގައި ތިބުމުން އެމީހުންނަށް ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ.
މިހާރުވެސް 6 ވަރަކަށް ޢާއިލާ އެ ސްކޫލުގައި އެބަ ތިއްބެވެ. އިތުރު ޢާއިލާތައް މިހާރުވެސް ދަނީ އަންނަމުންނެވެ.