އައިޝަތު ޝައުނާގެ ޚަބަރެއް އަދި ވެސް ނުވޭ!

ކިޔުމަށް ހޭދަވާނީ 38ސ
އައިޝަތު ޝައުނާގެ ޚަބަރެއް އަދި ވެސް ނުވޭ!

މިރޭ މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނުފެނިގެން ހޯދަމުންގެންދާ ޢައިޝަތު ޝައުނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދިވެސް ނުލިބޭ ކަމަށް ޢާއިލާގެ ބޭފުލަކު ވިދާޅުވެއްޖެއެވެ. 

އޭނާ ވިދާޅުވީ ދައްތަ ދިރިއުޅެނީ އަލިފާން ރޯވި ގުދަނުގެ ކުރިމަތީގައި ހުރި ގެއެއްގައި ކަމަށާއި އެގޭގައިވެސް އަލިފާން ހިފި ކަމަށެވެ. ނަމަވެސް އެ ސަރަހައްދަށް ނުދެވޭތީ އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. 

ޝައުނާ ނުފެނިގެން ކަންބޮޑުވުން އިތުރުވަނީ އޭނާ ނުފެނިގެން ޓީވީތަކުންނާއި ނޫސްތަކުން ހާމަކުރަމުން ގެންދާއިރު އަދިވެސް ޚަބަރެއް ނުވާތީއެވެ. 

ޝައުނާއަކީ ތ. ބުރުނީއަށް ނިޞްބަތްވާ އުމުރުން 49 އަހަރުގެ އަންހެނެކެވެ. ޝައުނާއަކީ މީޑިއާގައި އެންމެންގެ ރަހްމަތްތެރި ސަން ގެ ފޮޓޮގްރާފަރ ފަޔާޒްގެ ވެސް ދައްތައެވެ.

މިއަދު އޮންލައިން