މިރޭ މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނުފެނިގެން ހޯދަމުންގެންދާ ޢައިޝަތު ޝައުނާ ދިރިއުޅޭގެއިން އަނދައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާކަން ފުލުހުންނާއި ސިފައިން ހާމަކޮށްފިއެވެ.
ބެލެވޭ ގޮތުން އެއީ ޝައުނާގެ ހަށިގަނޑެވެ. ނަމަވެސް ފެނިފައިވަނީ ޝައުނާގެ ހަށިގަނޑުކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.