ޝައުނާގެ ހަށިގަނޑު ޢާއިލާއަށް ދައްކައިފި - ފާހަގަ ނުކުރެވި ލަސްވީވެސް އަނދާފައިވާލެއް ބޮޑުކަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޝައުނާގެ ހަށިގަނޑު ޢާއިލާއަށް ދައްކައިފި - ފާހަގަ ނުކުރެވި ލަސްވީވެސް އަނދާފައިވާލެއް ބޮޑުކަމުން!

މިރޭ މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނުފެނިގެން ހޯދަމުންގެންދިއަ  ޢައިޝަތު ޝައުނާ ގެ ހަށިގަނޑު ޢާއިލާއަށް ދައްކައިފިއެވެ. 

އެމްއެންޑީއެފުން ބުނީ އެގެއިން މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވުމުން އެކި ފަހަރުމަތިން އެގެ ވަރަށް ބޮޑަށް ހޯދުނު ކަމަށާއި ނުފެނި ލަސްވި ސަބަބަކީވެސް އަނދާފައިވާލެއް ބޮޑުކަމުން ފާހަގަނުކުރެވިގެން ކަމަށެވެ. 

ޝައުނާ އަކީ އިސްލާމިކް ޔުނިވަރސިޓީގެ ގްރެޖުއޭޓެކެވެ. ދަރުމަވަންތަ ސްކޫލްގެ ޤުރްއާން މުދައްރިސެއްގެ ގޮތުން ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ. 

ޝައުނާ އަކީ ދެދަރިންގެ މަންމަ އެވެ. ޝައުނާ ނިޔާވިއިރު އުމުރަކީ 46 އަހަރުކަން މިހާރުވަނީ އެނގިފައެވެ. ނިޔާވެފައިވަނީ ޝައުނާކަން ބައެއް މީޑިއާތަކުން މިހާރުވަނީ ކަށަވަރުކޮށްދީފައެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިރޭ ވިދާޅުވީ އަލިފާނުގެ ހާދިސާގައި މަރުވުމަކީ ޝަހީދު މަރެއް ކަމަށެވެ. 

މިއަދުނޫހުގެ ދުޢާއަކީ ޝައުނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ރަހްމަތް މިންވަރުކޮށްދެއްވެވުމެވެ! ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވެވުމެވެ. އާމީން

މިއަދު އޮންލައިން