17:34 ނުވެއްޓި ހުރި ތަންތަން ފުރަތަމަ ޖެހެނީ ވައްޓާލަން. އެހެންކަމުން ހިޔާގައި ތިބި މީހުން އެތަނުގައި ބަހައްޓަން ޖެހޭނީ ކިތެއް ދުވަސް ވަންދެންކަން ބުނަން ދަތި.
17:36 މީޑިއާތަކުގެ ގިނަ ސުވާލުތަކެއް ހުރިނަމަވެސް، ޖޮއިންޓް ޕްރެސް ކޮންފެރެންސް ނިންމާލައިފި
17:24 އަޅުގަނޑުމެން ރޭއްސުރެ މިދަނީ އެސަރަޙައްދުގައި ހަރަކާތްތެރިވަމުން. މިހާރުވެސް އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް.
17:25 ސިމެންތި ބަސްތާ ވެއްޓުނުއިރު ވެސް އަޅުގަނޑުމެންނަށް އެނގުނީ އެފަދަ ޤަވާއިދެއް ވެސް ހެދިފައި ނެތްކަން. އަޅުގަނޑުމެންނަށް ވިސްނުނީ އެފަދަ ޤަވާއިދެއް އޮންނަން ޖެހޭނެކަން. ހަމަ އެފަދައިން މިކަމާއި ގުޅިގެން ވެސް، ކެމިކަލް ސްޓޯ ކުރުމާއި ގުޅޭ ގޮތުން ވެސް ޤަވާއިދެއް އުފައްދަން ޖެހޭކަން އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ.
17:27 ތިލަފުށިގައި ގުދަން ކުރަން މިހާރު ދަނީ ތައްޔާރުވަމުން.
17:28 ވާހަކަތައް ދެކެވެމުންދަނީ ކަމެއް ދިމާވުމުން، އެކަމަކު އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިދަނީ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން: ޑިފެންސް މިނިސްޓަރ
17:14- ގުދަނުގައި އަލިފާން ރޯވިއިރު ސްޓޯ ކޮށްފައިހުރީ ކޮން އެެއްޗެއްކަން އަދި ހޯދިފައެއް ނުވޭ. ފުލުހުން ވިދާޅުވީ އަދި ފޮރެންސިކް ޓީމަށްވެސް އެގުދަނުގައި ހުރި އެއްޗެއް ސީދާ އެނގޭވަރު ނުވާ ކަމަށް.
17:16: އަލިފާނުގެ ހާދިސާ ހިނގި ގުދަނާއި އެސަރަޙައްދުގައި އަލިފާން ރޯވި އިމާރާތްތައް ސާފު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ވެސް ދަނީ ކުރަމުން.
17:19 ސަރުކާރުން ކެމިކަލްގެ ގޮތުގައި ގުދަން ކުރަން ހުއްދަ ދެނީ ޑިޓާޖަންޓާއި، ގަސްގަހާއިގެހި ހެއްދުމަށް ބޭނުންކުރާ ކެމިކަލާއި ސާފުކުރުމަށް ބޭނުން ކުރާ ކެމިކަލް. އެހުއްދަ ދީފައިވަނީ ވެސް ވަކި ގަވާއިދުތަކެއްގެ މަތިން- ޑިފެންސް މިނިސްޓަރ
17:21 އަޅުގަނޑުމެން ކެމިކަލްތައް ގުދަން ކުރާނެ ގޮތްތަކެއް ވެސް ހޯދާދޭން ޖެހޭ މިގުދަންތައް ނެގުމުގެ ކުރިން- މިނިސްޓަރ މާރިޔާ
ތަފްސީލު އަންނަނީ

17:07- އެންމެ ބޮޑު ކަންބޮޑުވުމެއް ރައްޔިތުންގެ ހުރީ މާލޭގައި ކެމިކަލް ގުދަންތައް ގާއިމްކޮށްފަ ހުރި ގޮތާމެދު: ޑިފެންސް މިނިސްޓަރ
ް17:08- 126 ކެމިކަލް ގުދަން މާލޭގައި ހުރިކަން ފާހަގަ ކުރެވުނު. 82 ގުދަނަކީ މީހުން ދިރިއުޅޭ ތަންތަނުގައި ހެދިފައިވާ ގުދަންތައް. 96 ގުދަނަކީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހަދާފައި ހުރި ގުދަންތައް.
17:10- މިހާރު މަޝްވަރާކޮށް ނިންމާފައިވަނީ މީހުން ދިރިއުޅޭ ތަންތާނގައި ހަދާފައިހުރި ކެމިކަލް ގުދަންތައް ނައްތާލުން. އަދި އެހެން ތަނަކަށް (މީހުން ދިރިނޫޅޭ ތަނަކަށް) ބަދަލު ކުރުން.
17:11- ނުރައްކާތެރި ކެމިކަލްތައް ރާއްޖެ އެތެރެކޮށް ސްޓޯ ކުރުމުގައި ޤަވާއިދުތަކެއް އެކުލަވާލަނީ
ތަފްސީލު އަންނަނީ
ރޭ މާލޭގައި ހިނގައިދިޔަ ހިދާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބާއްވާ ޖޮއިންޓް ޕްރެސް ކޮންފެރެންސް ރައީސް އޮފީހުގައި ދާދި ދެންމައަކު ފަށައިފިއެވެ.
މިބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ، އެމްއެންޑީއެފް، ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ، އަދި މޯލްޑިވްސް ޕޮލިސް ސާރވިސެސް ގެ އިސް އޮފިޝަލުންނެވެ.