ރެއަކީ ވަރަށް އާދައާ ޚިލާފް ރެއެއް! ޢިބްރަތް ޙާޞިލުކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރެއަކީ ވަރަށް އާދައާ ޚިލާފް ރެއެއް! ޢިބްރަތް ޙާޞިލުކުރައްވާ!

އިރާކޮޅު ހިނގައިދިއައީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގައި ދިއަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާއެއްގެ ސަބަބުން އެންމެ ގިނަ ބައަކަށް ބޮޑެތި ގެއްލުންތައް ލިބިގެންދިއަ ހާދިސާއެވެ. ހާދިސާއިން ލިބުނު މާލީ ގެއްލުމުގެ އަގު ވަޒަން ކުރެވޭނީވެސް ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުމުގެ އަގުކުރެވުމުންނެވެ.

ދަންވަރު ފެނިގެން ދިއައީ ބޯކޮށް ވާރޭ ވެހެމުންދިއަތަނެވެ. އެކަމުގެ ސަބަބުން އަލިފާން ނިއްވަން ފަސޭހަވެގެންދިއަތަނެވެ. ހަމަ އެއާއިއެކު މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެނުގެ އަސަރުކުރިތަނެވެ.

ފެނިގެން ދިއައީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މެސެޖުތަކެވެ. "މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަންނަކަމުގެ ރިޕޯޓުތައް ދަނީ ލިބެމުން. ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ގެތަކުގެ ފަރާތްތަކުން ފެނުގެ އަސަރު ކުރުމުގެ ކުރިން ގެއަށް ފެންނުވަންނާނެ ގޮތަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކުރައްވާ."

މިފަދަ ކޮންމެ ޙާލަތެއް ކުރިމަތިވުމުންވެސް އޮތީ ސިކުނޑި ހުޅުވައިގެން ކަންކަމަށް ވިސްނައި ފިކުރުކުރުމެވެ. އިންސާނުންގެ އެއްވެސް އަމިއްލަ ބާރެއް ކަންކަމުގައި ނުހިނގާކަން ޤަބޫލުކޮށް އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ﷲ ތަޢާލާގެ އެންގެވުންތަކަށް ވިސްނައި ޢަމަލުކުރުމެވެ.

މިއަދު އޮންލައިން