ރޭ ހިނގައި ދިއަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނޫސްވެރިން މުހިންމު ސުވާލުތަކެއް ކުރަމުން ގެންދަނިކޮށް ބައްދަލުވުން ކުރުކޮށްލައި ނިންމާލައިފިއެވެ.
ލަކުޑި ގުދަންތަކަކީވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ނުރައްކައުތެރިކަން ބޮޑުވާނެ ތަންތަން ކަމުގައިވީނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ލަކުޑި ގުދަންތަކުގެ ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި އެއްކޮޅު ބެދިފައި ހުރި ހަނި ގޯޅިތަކުގައި ބޮޑެތި ގުދަންތައް ހަދައި ހިންގަމުން ގެންދާ މައްސަލަ އާއި ޢާންމު ގުދަންތަކުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ބޮޑެތި ގެއްލުންތައް ލިބޭނެއިރު އެގުދަންތައް ހުރި ތަންތަނުގެ މައުލޫމާތު ހޯދިފައިވާކަންވެސް ނުވަތަ އަޅާނެ ފިޔަވަޅެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމައިލީ ސުވާލުކުރުމުގެ ފުރުޞަތަށް ނޫސްވެރިން އެދިއެދި ތިއްބައެވެ. ބައްދަލުވުން ނިންމައިލީ މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަސް ބުނެއެވެ.