އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ބިރު ދައްކާ އަނިޔާ ކުރުމަށްފަހު އެ މީހާ އަތުން ފޭރިގެންފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ބިރު ދައްކާ އަނިޔާ ކުރުމަށްފަހު އެ މީހާ އަތުން ފޭރިގެންފި!

އުމުރުން 69 އަހަރުގެ އަންހެނަކަށް ވަޅިން ބިރު ދައްކާ އަނިޔާ ކުރުމަށްފަހު އެ މީހާ އަތުން ފޭރިގެންފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ފޭދޫގައި އުމުރުން 69 އަހަރުގެ ދުވަސްވީ މީހަކަށް ވަޅިން ބިރު ދައްކާ އަނިޔާ ކުރުމަށްފަހު އެ މީހާ އަތުން ފޭރިގެންފައިވާ މައްސަލައެއް މިރޭ 21:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އުމުރުން ދުވަސްވީ އަންހެންމީހާއަށް މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

މިއަދު އޮންލައިން