އަލިފާނުގެ ހާދިސާ ހިނގީ ބައަކު ދިން ހަމަލާއަކުން ކަމަށް ވެދާނެ ކަމަށް މެންބަރު އިބްރާހީމް ރަޝީދު ތުހުމަތު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
އަލިފާނުގެ ހާދިސާ ހިނގީ ބައަކު ދިން ހަމަލާއަކުން ކަމަށް ވެދާނެ ކަމަށް މެންބަރު އިބްރާހީމް ރަޝީދު ތުހުމަތު ކުރައްވައިފި

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބައަކު ދިން ހަމަލާއަކުން ކަމަށް ވެދާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތުހުމަތު ކުރައްވައިފިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިބްރާހީމް ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބައަކު ދިން ހަމަލާއެއްގެ ސަބަބުން ނޫންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ހާދިސާ ހިނގި ސަބަބު އަދިވެސް ސާފުނުކުރެވޭ ކަމަށެވެ. 

ޓެރަރިޒަމްގެ ޤާނޫނު މިއަދު މަޖިލީހަށް ހުށަހެޅުމުން ބައެއް މެންބަރުން ވަނީ އެ ޤާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިފާނެ ކަމާއިމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ.

މިއަދު އޮންލައިން