ބޮޑުފޮޅަދޫގައި ރޭ ހަމަނުޖެހުމެއް ހިނގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބޮޑުފޮޅަދޫގައި ރޭ ހަމަނުޖެހުމެއް ހިނގައިފި

އއ. ބޮޑުފޮޅަދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން ބަޔަކު އުޅޭކަމަށް ޝައްކު ކުރެވިގެން އެރަށު ރައްޔިތުން ރޭ މަގުމައްޗަށް ނިކުތުމުން، ހަމަނުޖެހުމެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ރޭ އާއްމުވި ވީޑިއޯއަކުން އެރަށުގައި ހަމަނުޖެހުން ހިނގައިގެން އުޅޭ މަންޒަރު ފެނިފައިވާއިރު، އެރަށުގެ ކައުންސިލް ރައީސް ސުޖާއު އާދަމް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ބޮޑުފޮޅަދޫއަކީ އެއްވެސް އިރެއްގައި މާރާމާރީ އާއި ގޭންގު ހަދައިގެން ބަޔަކު އުޅޭ ރަށެއް ނޫން ކަމަށެވެ.

"އަސްލު ރޭގައިވީ ގޮތަކީ ރަށުން ބޭރުން އައި ބަޔަކު، ޑްރަގްސް ހިފައިގެން އައި ކަމަށް ނޫނީ ގަންނަން އައި ކަމަށް ބުނެ ދެ ޙަބަރެއް ފެތުރުނީ. ރޭގައި ދެން ރައްޔިތުން ހިތްހަމަ ނުޖެހިގެން ނިކުތީ. ރަށަށް ޑްރަގް އެތެރެ ކުރަން އެއްވެސް މީހަކު، ރަށު މީހަކު ވެސް އަދި ރަށުން ބޭރު މީހަކު ވެސް، އުޅެގެން ނުވާނެ. އައި މީހުން ހަމަ ފުރައިގެން ދިޔައީ" ސުޖާއު ވިދާޅުވެފައިވެއެވެ.

އެމައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ.

މިއަދު އޮންލައިން