މުއްދޫ ރިސޯޓުގެ އާ ޖެނެރަލް މެނޭޖަރު މަގާމު ހަވާލުވީ މޫދުއަޑީގައި ބޭއްވި ރަސްމިއްޔާތެއްގައި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މުއްދޫ ރިސޯޓުގެ އާ ޖެނެރަލް މެނޭޖަރު މަގާމު ހަވާލުވީ މޫދުއަޑީގައި ބޭއްވި ރަސްމިއްޔާތެއްގައި!

ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ބ. މުއްދޫގައި ހިންގާ ފަސްތަރީގެ ރިސޯޓުގެ އާ ޖެނެރަލް މެނޭޖަރު  މޫދުއަޑީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމު ހަވާލުވެއްޖެއެވެ.

މުއްދޫ ރިސޯޓް މެނޭޖްމަންޓުގެ 15 މީހުން ބައިވެރިވި މި ރަސްމިއްޔާތު ބާއްވާފައިވަނި މިރިސޯޓް ކައިރީ އޮންނަ އަނގަފަރުގެ ފަޅު ތެރޭގައި މިދިޔަ ބުދަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ދުސިތު ތާނީ މޯލްޑިވްސްގެ ކުރީގެ ޖީއެމް ރޭންހޯޑް ކޯހާން ވަނީ އާ ޖީއެމް ތޯމަސް ވެބާއާ މަގާމު ހަވާލުކުރެއްވުމުގެ ގޮތުން ރަމްޒީ ތަޅުދަނޑިއެއް ވަނީ ހަވާލުކޮށްފައެވެ.

ދުސިތު ތާނީ މޯލްޑިވްސް އަކީ މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން ހުޅުވި ފަސް ތަރީގެ ރިސޯޓެކެވެ.

ރާއްޖޭގއަި މޫދު އަޑީގައި ބޭއްވި ފުރަތަމަ އިވެންޓަކީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެވެ.

 

 

މިއަދު އޮންލައިން