އަލިފާނުގެ ހާދިސާގަ ލިބުނު ގެއްލުން ތިރީސް މިލިއަން ރުފިޔާއަށް އަރާނެ!: ޢާމިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަލިފާނުގެ ހާދިސާގަ ލިބުނު ގެއްލުން ތިރީސް މިލިއަން ރުފިޔާއަށް އަރާނެ!: ޢާމިރު

ހުކުރު ވިލޭރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު 30 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލިލީ އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ ޢާމިރު މަންޞޫރު ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޢާމިރު މަންޞުރު މިރޭ ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިއަ 3 ތަނަކީ ލިލީ އިންޓަރނޭޝަނަލް އިން ހިންގާ "ގްރޭޓް އެކްސްޕެކްޓޭޝަންސް"ގެ 3 ތަން ކަމަށެވެ. "އެ އިމާރާތްތައް އިންޝުއަރ އެއް ނުކުރަން. ނަމަވެސް މުދާ ހުންނާނީ އިންޝުއަރަންސްކޮށްފަ. އެއިން އެއްވެސް ތަނެއްގައި އެއްވެސް ކެމިކަލެއް ނުހުންނާނެ." 

ޢާމިރު މަންޞޫރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ މަގުގެ އަނެއް ފަޅީގައި ކަމަށާއި އެކުންފުނީގެ 3 ތަނުގައި އަލިފާން ރޯވީ އަލިފާނުގެ ހާދިސާ ހިނގުމުން ކޮންޓްރޯލްނުކުރެވި މަގު ހުރަސްކޮށް ގެތަކުގައި ހިފަމުން އައިސް އެތަންތަނުގެ ފުރަގަހުން އަލިފާން ހިފައިގެން ކަމަށެވެ. 

ލިލީ ގްރޫޕުގެ ޗެއާމަން އަހްމަދު ނާޞިރު (މައްލާ ނާޞިރު) ވިދާޅުވީ އޭނާ ދިރިއުޅުއްވަމުން އައީ އެތަނުގައި ހުރި އިމާރާތެއްގައި ކަމަށެވެ. އަލިފާން ރޯވީ މާދުރުގައި ކަމަށްވެފައި އަދި މަގެއްވެސް ކުރިމަތީގައި އޮތުމުން އެހިސާބަށް އަލިފާނުގެ އަސަރުކޮށްފާނެ ކަމަށް ހީފުޅުވެސް ނުކުރައްވާ ކަމަށެވެ. 

ނާޞިރު ވަނީ މުދައު އެތެރެކުރާ ފަރާތްތަކުން އިންޝުއަރ ކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައިފައެވެ.   

ޝާރިއުވަރުދީ މަގު ކައިރީގައި ހުރި ލިލީ އެންޓަރޕްރައިޒަސްގެ ގުދަނެއްގައި ރޯވުމުގެ ސަބަބުން ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިއަދު އޮންލައިން