ލިލީ އިންޓަނޭޝަނަލުން އިންޑޯމީ ނޫޑުލް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު ބާއްވާ މި ފެސްޓިވަލް އޮންނާނި އެދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 ގެ ނިޔަލަށް އިސްކަންދަރު ސްކޫލުގައި ކަމަށް ލިލީ އިން ވަނީ މައުލޫމާތު ދީފައެވެ.
ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މި ފެސްޓިވަލަށް ޒިޔާރަތްކުރާ މީހުންނަށް މި ނޫޑުލްސްގެ ރަހަ ބަލާލުމުގެ ފުރުސަތާއި އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް ލިލީ އިން ވަނީ ބުނެފައެވެ.