ނަކަލު ކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވައިފިއެވެ.
މިކަމާއިގުޅޭ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ، ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަންހެނަކު، އެމުއައްސަސާއިން ހުއްޓުވައިފި ކަމަށެވެ. އެކަމާއިބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ވަގު ޕާސްޕޯތުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ހުއްޓުވަމުންނެވެ.
އެގޮތުން މިމަހުގެ 8 އަދި 9 ގައި ވެސް ޝަޚްސު އޮޅުވާލާ، ނަކަލު ކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.
Nakalu koffaivaa (counterfeit) passporteh beynun koggen Velana International Airport in Raajje etherevumah masakkaiykuri bidheysee anhenaku Maldives Immigration in huttuvaifi. #RayyithugeKhidhumathuga#BorderSecurity pic.twitter.com/Ydf9GiJwYE
— Maldives Immigration (@ImmigrationMV) September 24, 2019