މަސްފެންގަނޑަށް ވެއްޓުނު ތުއްތު ކުއްޖާ އަދިވެސް ހެއެއް ނާރާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަސްފެންގަނޑަށް ވެއްޓުނު ތުއްތު ކުއްޖާ އަދިވެސް ހެއެއް ނާރާ!

ލ. ގަމުގެ ގެއެއްގައި ހަދާފައިހުރި މަސްފެންގަނޑަކަށް ވެއްޓުނު އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އެކުއްޖާ އަދިވެސް ހެއެއް ނާރާ ކަމަށް އައިޖީއެމްއެޗުން އިއްޔެ ބުނެފިއެވެ.

މީގެ 10 ދުވަސް ކުރިން ހިނގި އެހާދިސާގައި އަނިޔާވެފައިވާ އެކުޑަ ފިރިހެން ކުއްޖާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށާއި އެކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެތުއްތު ކުއްޖާ މަސް ފެންގަނޑަށް ވެއްޓުނީ އޭނާގެ މަންމަ ކިޔަވަން ދިޔަ ވަގުތުގައެވެ. އެހާދިސާ ހިނގީ މެންދުރުފަހު އޮތް ކްލާހަކަށް ދާން ކުއްޖާގެ މަންމަ ގެއިން ނިކުތްތާ ގާތްގަނޑަކަށް ގަޑީރެއްހާއިރު ފަހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެތުއްތު ކުއްޖާ މަސްފެންގަނޑުން ފެނިފައިވަނީ އެކުއްޖާގެ މާމައަށެވެ. އެއީ އެކުއްޖާ ނުފެނިގެން ކައިރި ގެތައް ބެލުމަށްފަހު، އަނބުރާ ގެއަށް އައި ވަގުތުކަން ވެސް އެނގިފައިވެއެވެ.

އެމަސްފެންގަނޑަކީ ފުންމިނުގައި ދެ ފޫޓު ބައި ހުރި ފެންގަނޑެކެވެ. ކުއްޖާ ފެންގަނޑު ތެރެއިން ނެގިއިރު އެއްވެސް ވިންދެއް ނެތް ކަމަށާއި ގަމު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސް ކަމުން މާލެ ގެނައީއެވެ.

މިއަދު އޮންލައިން